11 Feb 2015, 14:31
އެމެރިކާގެ ގެއަކަށް މީހަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ޔުނިވަސިޓީތަކުގައި ކިޔަވަމުން އައި މުސްލިމް ތިން ދަރިވަރަކު މަރާލައިފި އެވެ.
އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ ނޯތު ކެރޮލީނާގެ ގެއެއްގައި ދިރިއުޅޭ މުސްލިމް ތިން ދަރިވަރުން، އެމީހުންގެ ގޭގައި ތިއްބައި މީހަކު ވަދެ، ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. އަދި ބުނީ އެހާދިސާ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ކްރެއިގް ސްޓެފަން ހިގްސް ނަމަކަށް ކިޔާ އުމުރުން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަރުވި ދަރިވަރުންނަކީ ދިޔާ ޝައްދީ ބަރަކާތު 23.އ) އާއި އޭނާގެ އަންހެނުން ޔުސޫރް މުހައްމަދު (21.އ) އާއި ޔުސޫރުގްގެ އަންހެން ކޮއްކޮ ރަޒާން މުހައްމަދު އަބޫ ސަލްހާ ( 19.އ) ކަމަށް ނޫހުގައި ވެއެވެ.
އެ ހާދިސާގައި އެ ތިން ދަރިވަރުން ވެސް މަރާލާފައި ވަނީ ބޮލަށް ބަޑިޖަހައިގެންނެ އެވެ.
އެއް ގެއެއްގައި އެއް އާއިލާއެއްގެ ތިން ދަރިވަރުން މަރައިލި އެ ހާދިސާ އާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ދަނީ ވަރަށް ބޮޑަށް ނުރުން ފާޅުކުރަމުންނެވެ. އަދި އެ ހަމަލާ ކުށްވެރި ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް މީހުން ވަނީ ސޯޝަލް މީޑިއާގައި ގޮވާލައިފަ އެވެ.