11 Feb 2015, 11:20
ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓިއެއް ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ. އެ އުޅަނދުގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ 10:45 ހާއިރު ކަމަށް އެންއެންޑީއެފުން ބުންޏެވެ.
ފަސް މީހުނާ އެކު ދަތުރުކުރަމުން ދިޔަ "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓި އަކީ 100 ފޫޓު ދިގު އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ އުޅަނދަކީ ނޫކުލައިގެ ދަވާދު ލާފައިވާ ކޮޅުވެއްޓިއެކެވެ. އެ އުޅަނދުގެ ގެގަނޑުގައި ހުންނަނީ ހުދުކުލަ އެވެ.