އަނގައިން ދުވާ ނުބައި ވަހުން ސަލާމަތް ނުވެވިގެން އުޅޭ ފަހަރު އާދޭ ހެއްޔެވެ؟ މިކަމަށް ހައްލު އެބައޮތެވެ. ތިބާ އަށް ކެވޭ ކާނާއެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވާ ފަދައިން އަނގައިން ދުވާ ނުބައިވަސް ކެނޑުވުމަށް ވެސް ކާނާގެ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން މި ލިޔުމުގައި ބަލައިލާނީ އަނގައިން ދުވާ ނުބައިވަސް ކެނޑުވުމަށް ބޭނުންކުރެވިދާނެ ތަފާތު 8 ބާވަތެއްގެ ކާނާއަކަށެވެ.

- އާފަލު

ކޮންމެ ދުވަހަކު ކެއުމުގައި އާފަލެއް ހިމަނާ ކަމުގައިވާ ނަމަ ޑޮކްޓަރާ ދުރުކޮށްދޭ ފަދައިން އާފަލު ކާ ނަމަ އަނގައިން ނުބައިވަސް ދުވުމުން ވެސް ދުރުކޮށްދެ އެވެ. އަދި ޙާއްސަކޮށް އިނގުރު ފަދަ ގަދަ ރަހައެއް އަނގައިން ކަނޑުވާލަން ބޭނުން ކަމުގައިވާ ނަމަ މިކަމުގެ އެންމެ މޮޅު ހައްލަކަށް ވެގެން ދާނީ ހަމަ ގައިމު ވެސް އާފަލެވެ. ސަބަބަކީ އާފަލުގައި މިފަދަ ގަދަ ވަސްތައް ކަނޑުވާލަދޭ "އެންޒައިމެއް" ހިމެނިގެންވުމެވެ.

- ސައި

ދިރާސާތަކުން ދައްކާ ގޮތުގައި ފެހި ސައި ނުވަތަ ކަޅު ސައި ބުއިމުން ވެސް އަވަހަށް އަނގައިގެ ތެރޭގައި ހިފާފައި ހުންނަ ނުބައި ވަސް ކަނޑުވާލަދެ އެވެ. އަދި އެގޮތުންވެސް ޙާއްސަގޮތެއްގައި ފެހި ސައިފައިތުގައި އެކުލެވިގެންވާ "އެންޓިއޮކްސިޑެންޓް"ގެ ސަބަބުން ނުބައިވަސް ދުވުމަށް މެދުވެރިވާ ޖަރާސީމުތައް ނައްތާލައި އެކަމަށް މަގުފަހިވާ މާއްދާތައް ހަށިގަނޑުގެ ތެރެއިން ބޭރުކޮށްލަދެއެވެ.

- ފެން

ފެން ބުއިމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ހިންގުމަށް އެހީވެދެ އެވެ. އެގޮތުން އަނގައިން ނުބައިވަސް ދުވުމުގެ މެދުވެރިއެއް ކަމުގައިވާ އަނގައިގެ ތެރޭގައި ހުންނަ ކާ އެއްޗެހި ފެނުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ދެއެވެ. އެހެންކަމުން އަނގައިގެ ތެރޭގައި ހުންނަ ވަހުން ސަލާމަތްވެގެންދެ އެވެ.

- ޔޯގަޓް

ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދުވާލަކު ކެއުމުގައި މަދުވެގެން ހަ އައުންސްގެ ޔޯގަޓްބޭނުންކުރާ ކަމުގައިވާ ނަމަ އަނގައިގެ ތެރޭގައި ނުބައިވަސް ދުވުމަށް މަގުފަހިކޮށްދޭ ޖަރާސީމުތައް ނައްތާލައެވެ. އަދި މިކަމަށް އެންމެ ރަނގަޅީ ޕްލެއިން ނުވަތަ އާދައިގެ ޔޯގަޓް ބޭނުންކުރުމެވެ.

- ކޮތަންބިރި ފަތް (ކޮރިއޮންޑާ ލީވްސް)

މިއީ އާންމުކޮށް އެއާ ފްރެޝްނާއެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. އަދި މި ފަތުގައި ހިމެނޭ ދިފާއީ ބާރުގެ ސަބަބުން ނުބައިވަސް ދުވުމަށް މެދިވެރިވާ މާއްދާތައް ނައްތާލައެވެ.

- އާމަންޑް ނުވަތަ ބަދަން

ބަދަނުގެ އާއިލާގެ ހުރިހާ ބަވަތަކަށްވެސް "ފައިބަރ"ގެ މުއްސަނދިކަން ލިބިފައިވެއެވެ. ވުމާއި އެކު ދަތްއުނގުޅާ ބުރުހެއްގެ ބޭނުމަށްވެސް ފުދޭ މި ބާވަތުން ދަތްތަށް ސާފުކޮށްދީ އަދި ނުބައިވަސް ދުވުމުން ދުރުކޮށްދެއެވެ.

- ޗެރީ

އަނގައިގައި ހުންނަ ޖަރާސީމުން އުފެދޭ ނުބައިވަސް ފަތުރާ ގޭސް ނައްތާލައި އަދި ކާއެއްޗެހި ހަޖަމުކުރުމަށް ޗެރީ ކެއުމުގެ ސަބަބުން އެހީވެދެއެވެ.

- ކިރު

ދިރާސާތަކުން ދައްކާގޮތުގައި ކިރުގައި އެކުލެވޭ ސަރުބީ އަދި ފެނުގެ ސަބަބުން އަނގައިން ނުބައިވަސް ދުވާ މާއްދާތައް ބޭރުކޮށްދެއެވެ. އަދި އަނގައިގެ ތެރޭގައި ގަދަ ވަސްގަނޑެއް ހިއްޕާލާ ބާވަތްތައް ކަމުގައިވާ އިނގުރުގެ ވަސްގަނޑު ކަނޑުވާލުމަށް ކިރަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

މިފާހަގަކޮށްލި އަށް ވައްތަރުގެ ކާނާގެ ބާވަތްތަކަކީ އަގައިން ނުބައިވަސް ދުވާ ފަރާތްތަކުން އެކަމުން ސަލާމަތް ވުމަށް ކެއުމުގައި ބޭނުންކުރެވޭނެ ތަކެއްޗެވެ.