10 Feb 2015, 19:17
މިއަދުން ފަށައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ފިލިޕްސް ބްރޭންޑުގެ އުފެއްދުންތައް ވިއްކުމަށް އެމްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ފިލިޕްސް ބްރޭންޑުގެ މެނޭޖާ އައިމިނަތު ޝުރުފާ ވިދާޅުވީ މި ޕްރޮމޯޝަނަކީ މިދިޔަ ދެ އަހަރެކޭ ވެސް އެއްގޮތަށް އެސްޓީއޯ އިން ވިއްކާ ޕިލިޕްސް ބްރޭންޑްގެ ޕްރޮޑަކްޓްސްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަންގައި ފިލިޕްސްގެ ޕްރޮޑަކްޓްތަކަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 1000ރ. އިން މަތިން ފިލިޕްސްގެ ސްމޯލް ޑޮމެސްޓިކް ޕްރޮޑަކްޓްތަކުން ކުރާ ކޮންމެ ވިއަފާރިއަކަށް ކޫޕަންއެއް ލިބޭނެ ކަމަށެވެ.
"ގުރުއަތުން ހޮވޭ ފަރާތްތަކަށް ހުށަހަޅާފައިވާ އިނާމް ތަކުގެ ތެރޭގައި ކިޗަން ކެޓަގަރީން 3 ބޭފުޅަކަށް ޝެލް ބީންސްއިން ޑިނާ ވައުޗާއެއް. ބިއުޓީ އެންޑް ގްރޫމިން ކެޓަގަރީން ތިން ބޭފުޅަކަށް ސުއި ސެލޫން އިން ސެލޫން ޕެކޭޖް ވައުޗާއެއް އަދި ގާމަންޓް ކެއާ ކެޓަގަރީން ތިން ބޭފުޅަކަށް ޓްވީޓާ ސްޓައިލްއިން 2000ރ. ގެ ޝޮޕިން ވައުޗާ ލިބިވަޑައިގަންނަވާނެ،" ޝުރުފާ ވިދާޅުވި އެވެ.
ޝުރުފާ ވިދާޅުވީ 1000ރ. އިން މަތިން ފިލިޕްސް ބްރޭންޑުގެ ސްމޯލް ޑޮމެސްޓިކް ޕޮރޮޑަކްޓްތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 'ސްޕިން އެންޑް ވިން' ގޭމްގައި ބައިވެރިވެ، ވަގުތުން އިނާމް ލިބޭ ގޮތަށް ހުށައެޅިފައިވާ ކަމަށެވެ. އަދި 50 އިންޗި އަށްވުރެ ބޮޑެތި ޓީވީތައް ގަތުމުން ހިލޭ ޓީވީއެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ޕްރޮމޯޝަން ތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ ޕްރޮމޯޝަންގައިވެސް ފިލިޕްސް އެއާ ފްރަޔާ ބައްލަަވައި ގަންނަވާ ކަސްޓަމަރުންނަށް ހިލޭ ޕިލިޕްސް ބްލެންޑަރަކާއި ފިލިޕްސް ޓޯސްޓާއެއް ލިބިވަޑައި ގަންނަވާނެ،" ޝުރުފާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަނާ ގުޅިގެން މި މުއްދަތުގެ ތެރޭގައި 'ލައިކް، ޝެއާރ އެންޑް ވިން' ކެންޕެއިންއެއް ފޭސްބުކްގައި ކުރިއަށް ދާނެ ކަމަށާއި އެ ކެމްޕެއިންގައި ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ފިލިޕްސް ޖޫސާއެއް ހުށައެޅިފައިވެ އެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ކޮންމެ ބުރާސްފަތި ދުވަހުގެ ރޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ފިލިޕްސްގެ ޑެމޯ ސެޝަންތައް ވެސް ރޭވިފައިވާނެ. އަދި އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00އަށް ރާޅުގަނޑު ސަރަހައްދުގައި ޕްރޮމޯޝަނަލް އިވެންޓެއް ވެސް ކުރިއަށްދާނެ،"ޝުރުފާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ޝެލްބީންސް ސުއި ސެލޫން އަދި ޓްވީޓާ ސްޓްއިލް ޕާރޓްނަރުންގެ ގޮތުގައި ބައިވެރިވެ އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އަދި ރީޖަނަލްސް ގެ ފިހާރަތަކުންނެވެ.