10 Feb 2015, 16:48
އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ޒާހިރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންފި އެވެ.
އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގާނޫނީ ޓީމާއި ގުޅުމަށް ނިންމާފައިވާ ކަމަށެވެ.
I've decided to join former Defence Minister Nazim's legal team. Insha Allah the truth will prevail.@nazim7878
— Ali Zahir (alipi) (@alixahir)February 10, 2015
ޒާހިރުގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުވެސް ވަނީ ނާޒިމްގެ ގާނޫނީ ޓީމާއި ގުޅިވަޑައިގެންފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުގެ ގެއިން ފިސްތޯލައަކާއި ތިންވަޒަން ފެނުމާއި، ގުޅިގެން ނާޒިމްގެ މައްޗަށްވަނީ ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ދައުވާ އުފުލިފަ އެވެ. އޭގެ އިތުރުން ސަރުކާރާއި ދެކޮޅަށް ކަންތަށްތަކެއް ރާވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ނާޒިމް ރޭ ވަނީ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައެވެ.