10 Feb 2015, 12:16
ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ގާ އުކައި އެ ކޯޓަށް ގެއްލުންދީފިއެވެ.
ކަނޑުހުޅުދޫ ކައުންސިލް މެމްބަރަކު 'ސަން' އަށް ވިދާޅުވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ގާ އުކައި ކޯޓުގެ ދޮރުތަކުގެ ބިއްލޫރި ތަޅާލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދައުލަތުގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 24 އަހަރުގެ މީހަކު ރޭ 8:30 އެހައިކަންހާއިރު ކަނޑުހުޅުދޫ އިން ހައްޔަރުކުރުމަށްފަހު ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެމީހާ ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.