އައްޑޫގައި މިރޭ ހިންގި މާރާމާރީއެއް ދެ ބިދޭސީ އަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްޑޫގެ ހިތަދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓެއް މިރޭ 22:20 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި ޒަހަމްވި ދެ ބިދޭސީން ހޮސްޕިޓަލަށް ގެންގޮސް، އެކަކު މިހާރު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި އެ ދެ މީހުންގެ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

އޮފިޝަލު ވިދާޅުވީ، އެ މައްސަލާގައި ދިވެހި ދެ މީހަކު މިހާރު ހިތަދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.