09 Feb 2015, 20:24
ތިރީސްއަށް ފަސިންޖަރުންނާއެކު ދަތުރު ކުރި ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ހުޅުލެ ކައިރީގަ އެވެ. އަލިފާން ރޯވީ "ވިލާ ރޯޅި 7" ގަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވި ގޮތުގައި އަލިފާން ރޯވިކަމުގެ ހަބަރު ލިބިގެން ލޯންޗު އޮތް ސަރަހައްދަށް ދިޔައިރު، ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި ލޯންޗުގައި ތިބި މީހުން އެހެން އުޅަނދަކަށް އަރުވައިގެން ހުޅުލެއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުނާން ވިދާޅުވީ އަލިފާން ރޯވީ ލޯންޗުގެ އިންޖީން ރޫމްގައި ކަމަށެވެ.