އެސްޓީއޯގެ 50 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމް ލިބުނީ ސ. ފޭދޫ ޒީނިޔާގެ އައިމިނަތު ޝަހުމާއަށެވެ. އެއް ލައްކަ ރުފިޔާގެ އިނާމުގައި ހިމެނޭނީ 65 އިންޗީގެ ފިލިޕްސް ޓީވީ އަކާއި އައިސް އަލަމާރިއެއްގެ އިތުރުން ދޮންމަނެޝިނަކާއި 24000 ބީޓީޔޫގެ އޭސީއަކާއި އެހެނިހެން ސާމާނުތަކެވެ.

ދެ ވަނަ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ފ. ނިލަންދޫ ބީޗް ހައުސް އަބްދުﷲ ގާދިރެވެ. އޭނާއަށް ލިބުނީ 50،000 ރުފިޔާގެ އިނާމެކެވެ.

ޕްރޮމޯޝަންގެ ތިންވަނަ އިނާމަކަށް ހުށަހަޅާފައިވާ 30،000 ރުފިޔާގެ ސާމާނުތަށް ބިލުނީ ފ. ނިލަންދޫ ވެނިސް އަހުމަދު ހަލީލަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ތިންވަނަ ނަސީބުވެރިޔާ އާއި ދެވަނަ ނަސީބުވެރިޔާ ހޮވައިދިނީ އެ ކުންފުނީގެ ކަސްޓަމަރެކެވެ. އެއްވަނަ އިނާމުގެ ނަސީބުވެރިޔާ ހޮވައިދިނީ "ސަން" ގެ ނޫސްވެރިއެކެވެ.

އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޕްރޮމޯޝަންތަކާއެކު ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.