09 Feb 2015, 18:03
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު ވަކިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ އޭނާ މަގާމުން ވަކިކުރައްވައި އެ މަގާމަށް ބްރިގޭޑިއާ ޖެނަރަލް އަހުމަދު ޝާހިދު އައްޔަން ކުރައްވާފަ އެވެ.
އަހުމަދު މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވަ އެވެ. އޭނާ ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ތިން އަހަރު ފުރުއްވާފަ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަލުން އައްޔަން ކުރެއްވި އަހުމަދު ޝާހިދު-- ސަން ފައިލް ފޮޓޯ
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން، ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ރިޓަޔާ ކުރެއްވުމުން، އަހުމަދު އެ މަގާމަށް އައްޔަން ކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ.