09 Feb 2015, 15:44
މިދިޔަ އަހަރުގެ ބްރޭކްއައުޓް އާޓިސްޓް "ސޯލް" ލަވަކިޔުންތެރިޔާ ސޭމް ސްމިތު ހަތަރު އެވޯޑު ކާމިޔާބުކޮށް މިއުޒިކް ރަސްކަމުގެ ތާޖު އެޅިއިރު އެންމެ މޮޅު އަލްބޮމްގެ އެވޯޑު، ލަވަކިޔުންތެރިޔާ ބެކް ހޯދުމާ އެކު މިއަރުގެ ގްރެމީ އެވޯޑުގައި ގިނަ ބަޔަކު ސިއްސުވާލި އެވެ.
ލޮސް އެންޖެލެސްގައި މިއަދު ބޭއްވި 57 ވަނަ ގްރެމީ އެވޯޑްސް އިން ސޭމް ސުމިތު އަށް ހަތަރު އެވޯޑު ލިބިފައި ވަނީ މިއުޒިކް އިންޑަސްޓްރީ އަށް އެންމެ ރަނގަޅު އައު މޫނުގެ އެވޯޑާއި އެންމެ މޮޅު ލަވައާއި އެންމެ މޮޅު ރެކޯޑު އަދި އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމް އިންނެވެ.
އެންމެ މޮޅު ލަވައިގެ އޭނާ އަށް ލިބުނީ އޭނާގެ ސިންގަލް "ސްޓޭ ވިތު މީ"ގެ ރެންޑިޝަން އެއް ކަމަށްވާ "ޑާކްޗައިލްޑް ވާޝަން" އަށެވެ. އެންމެ މޮޅު ރެކޯޑުގެ އެވޯޑު އޭނާ އަށް ލިބުނީ "ސްޓޭ ވިތު މީ"ގެ އޮރިޖިނަލް ވާޝަން އަށެވެ. އަދި އެންމެ މޮޅު ޕޮޕް އަލްބޮމް އަކަށް ހޮވުނީ އޭނާގެ ޑެބިއުޓް އަލްބޮމް "އިން ދަ ލޯންލީ އަވާ،" އެވެ.
ނަމަވެސް ގިނަ ބަޔަކު ގިނަ ބަޔަކު ސިއްސުވާލުމާ އެކު ހާސްކަން ފަތުރާލީ މީގެ 20 އަހަރަށް ވުރެ ކުރިން މަޝްހޫރު ވެފައިވާ އޯލްޓަނޭޓިވް- އިންޑީ- ރޮކް ލަވަކިޔުންތެރިޔާ ބެކް އަށް މިދިޔަ އަހަރުގެ އެންމެ މޮޅު އަލްބޮމް "އަލްބޮމް އޮފް ދަ އިޔާ"ގެ އެވޯޑް ލިބުމުންނެވެ. އެންމެ މޮޅަށް އެންޖިނިއާ ކޮށްފައިވާ "ނޮން ކްލެސިކަލް" އަލްބޮމްގެ އެވޯޑު ވެސް ލިބުނީ ބެކްގެ މޯނިން ފޭޒް އަށެވެ.
ބެކްގެ 12 ސްޓޫޑިއޯ އަލްބަމް "ދަ މޯނިން ޕޭޒް" އަށް އެންމެ މޮޅު އަލްބޮމް ލިބުނު އިރު އެ ކެޓަގަރީގައި ނޯމިނޭޓް ވެފައިވާ އިތުރު ތިން އަލްބަމް އަކީ މޯނިން ފޭޒް އަށް ވުރެ ގިނައިން ފައިސާ ލިބިފައިވާ އަލްބޮމްތަކެވެ.
މީގެ އިތުރުން މިއަދުގެ ގްރެމީ އެވޯޑްސް ގައި މަޝްހޫރު އާރުއެންބީ ލަވަކިޔުންތެރިޔާ ބިޔޯންސޭ ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާ ތިން އެވޯޑެއް ހާސިލް ކޮށްފަ އެވެ. އެގޮތުން އޭނާ އާއި އޭނާގެ ފިރިމީހާ ޖޭޒީ ހަރަކާތްތެރިވާ ލަވަ "ޑްރަންކް އިން ލަވް" އަށް އެންމެ މޮޅު އާރުއެންބީ ލަވައާއި އެންމެ މޮޅު އާރުއެންބީ ޕާފޯމެންސްގެ އެވޯޑު ލިބިފައިވެ އެވެ. އެންމެ މޮޅު "ސައުންޑް ސަރައުންޑް އަލްބަމް"ގެ އެވޯޑުވެސް ލިބިފައިވަނީ އޭނާ އަށެވެ.
އިތުރު އެވޯޑުތައް
ބެސްޓް ޕޮޕް ޑުއޯ/ ގްރޫޕް ޕާފޯމެންސް: އަ ގްރޭޓް ބިގް ވޯލްޑް- ސޭ ސަމްތިން (ފޓ. ކްރިސްޓީނާ އެގުއިލޭރާ)
ބެސްޓް ޓްރެޑިޝަނަލް ޕޮޕް ވޯކަލް އަލްބޮމް: ޓޯނީ ބެނެޓް އެންޑް ލޭޑީ ގާގާ - ޗީކް ޓު ޗީކް
ބެސްޓް ޕޮޕް ސޯލޯ ޕަފޯމެންސް: ފެރެލް ވިލިއަމްސް - ހެޕީ
ބެސްޓް ރޮކް ޕާފޯމެންސް - ޖެކް ވައިޓް – ލެޒަރޭޓޯ
ބެސްޓް ރޮކް ލަވަ: ޕެރަމޯ – އެއިންޓް އިޓް ފަން
ބެސްޓް ރެޕް ލަވަ: ކެންޑްރިކް ލަމާރު – އައި
ބެސްޓް ރެޕް އަލްބޮމް: އެމިނެމް – ދަ މާޝަލް މެތާސް އެލްޕީ-ޓޫ
ބެސްޓް އާރުއެންބީ އަލްބޮމް: ޓޯނީ ބްރެކްސްޓަން އެންޑް ބޭބީފޭސް – ލަވް، މެރިޖް، ޑިވޯސް
ބެސްޓް ޑާންސް ރެކޯޑިން: ކްލީން ބެންޑިޓް – ރެދާ ބީ (ފޓ. ޖެސް ގްލައިންސް)
ބެސްޓް ކަންޓްރީ އަލްބޮމް: މިރެންޑާ ލެމްބާޓް – ޕްލެޓިނަމް
ބެސްޓް ކަންޓްރީ ޕަފޯމެންސް: ކެރީ އަންޑަވުޑް – ސަމްތިން އިން ދަ ވޯޓާ
ބެސްޓް ޕްރޮޑިއުސާ އޮފް ދަ އިޔާ، ނޮން ކްލެސިކަލް: މެކްސް މާޓިން
(ބޭންގް ބޭންގް – އާރިއާނާ ގްރާންޑޭ އެންޑް އިގީ އެޒޭލިއާ)
(ބްރޭކް ފްރީ – އާރިއާނާ ގްރާންޑޭ އެންޑް ޒެޑް) ލަވައިގެ ޕްރޮޑިއުސާ