10 Apr 2010, 12:05
މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ހަމަޖައްސަވައިފި އެވެ.
ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ރަށްދެބައިގޭ ޑރ. ޢަބްދުލްޢަޒީޒު ޔޫސުފެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ހއ. ކެލާ އިރުދޭމާގޭ ޒުބައިރު މުޙަންމަދާއި، ގަލޮޅު މިރާން މަރިޔަމް ރަޝީދާ އާއި، ގަލޮޅު ނާރެހި، މަރިޔަމް ސުޒާނާ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު އިބްރާހީމް ޒާހިރާއި، ގަލޮޅު ޓިނުޖެހިގޭ އިބްރާހީމް ޝަހީމް އަދި މާފަންނު ހުވަނދު ގަނދަކޯޅިގޭ ޠާހާ މުޙަންމަދު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.