09 Feb 2015, 14:33
ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން "ޔަގީން"ގެ ނަމުގައި މަޖައްލާއެއް ނެރެން ފަށައިފި އެވެ.
ޔަގީން ގެ އެޑިޓަރު ފާތިމަތު ޒައިނާ މިއަދު 'ސަން' އަށް ވިދާޅުވީ، އިއްޔެ އިން ފެށިގެން ސަރުކާރުން ނެރެން ފެށި އެ މަޖައްލާ މަހަކު ދެ ފަހަރު ނެރޭނެ ކަމަށާއި އެ މަޖައްލާގައި ހިމެނޭނީ ސަރުކާރާ ގުޅުން ހުރި ހަބަރުތަކާއި މައުލޫމާތު ހިމެނޭ ލިޔުންތައް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ އިތުރުން، ސިއްހީ ދާއިރާއަށް ޚާއްސަ ޕޭޖެއް ވެސް އެ މަޖައްލާގައި ހިމެނޭނެ ކަމަށް ޒައިނާ ވިދާޅުވި އެވެ. އެ މަޖައްލާގެ 6000 ކޮޕީ ފުރަތަމަ ބުރު ޗާޕުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ޚާއްސަ އެ މަޖައްލާ ނެރެން ފެށި އިރު އެމްޑީޕީން ވެސް ވަނީ "މޫންލައިޓް"ގެ ނަމުގައި ނިއުސް ލެޓާއެއް ނެރެން ފަށައިފަ އެވެ.