09 Feb 2015, 13:27
ކ. ގުރައިދޫގައި ކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޑަ ކުދިންތަކަކާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.
ގުރައިދޫ ކައުންސިލުން ބުނި ބެލެނިވެރިއަކު ސްކޫލަށް ހުށަހެޅި އެފަދަ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު ތަފްސީލް ކައުންސިލަށް ވެސް ނޭނގޭ ކަމަށް ގުރައިދޫ ކައުންސިލުން ބުންޏެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އަންނަ އެ މައްސަލައަކީ ދެ ޖިންސުންގެ ކުދިން ވެސް ހިމެނޭ މައްސަލަ އެކެވެ. އަދި ބަދުއަހުލާގީ އަމަލު ހިންގައިގެން އުޅެނީ ސްކޫލްގައި ކިޔަވަމުން ދިޔަ ކުދިންތަކެއްގެ މެދުގަ އެވެ.