09 Feb 2015, 12:22
ސައިރިކްސް ކޮލެޖުގައި މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވަމުންދާ 41 ދަރިވަރަކު ތަޖުރިބާ ހޯދުމުގެ ދަތުރެއް ކުރުނބާ މޯލްޑިވްސްއަށް ކޮށްފި އެވެ.
ަސައިރެކްސް ކޮލެޖުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އެއް ދުވަހުގެ މުއްދަތަށް ބޭއްވި އެ ޙަރަކާތުގެ މަގުޞަދަކީ އެމްބީއޭ ހަދަމުންދާ ކުދިން މިހާރު ކިޔަވަމުންދާ 'ސްޓްރެޓެޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް' މޮޑިއުލްއާ ގުޅޭ ގޮތުން އަމަލީ މައިދާނުގައި ކަންކަން ހިނގާ ގޮތުގެ ތަޖުރިބާ ކުދިންނަށް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން ރާއްޖޭގައި އެއްމެ ފުރަތަމަ ހުޅުވުނު އަދި އެއްމެ ގިނަދުވަސްވީ ރިސޯޓްގެ އެޗްއާރު ޑިޕާރޓްމަންޓްގެ އިސްވެރިންގެ ފަރާތުން ކުރުނބާގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައި ކަމަށެވެ.
ކުރުނބާ މޯލްޑިވްސްގައި 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.
ކިޔެވުމުގެ ތެރެއިން ތަޖުރިބާގެ ހަރަކާތްތަކުގައި ކުރުބާ މޯލްޑިވްސްގެ ޑައިރެކްޓާ ހިއުމަންރިސޯސަސް، ކެނެޑީ ސޭމް، ލާނިން އެންޑް ޑިވެލޮޕްމްނޓް މެނޭޖާ ޖަވާހަރު ވަނީ އަމަލީ ގޮތުން ބައިވެރިވަޑައިގެން ސައިރެކްސްގެ ދަރިވަރުންނަށް 'ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޓްރެއިނިން ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް އާ ބެހޭ ގޮތުން މައުލޫމާތުދީފައި ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.