ކާށިތެލުގައި ހިމެނޭ "ފައިދާ ހުރި" ސަރުބީގެ ބާވަތުގެ ސަބަބުން އުނަގަނޑުގެ ސައިޒު ކުޑަކޮށްދޭ ކަމަށް ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެެވެ. ސަރުބީގެ ބާވަތްތަކުގެ ތެރޭގައި ހަށިގަނޑަށް ފައިދާ އާއި ގެއްލުންދޭ ވަތްތަރު ވެސް ހިމެނެ އެވެ. މީގެ ތެރެއިން ހަށިގަނޑަށް ފައިދާ ހުރި ސަރުބީ އަކީ ހަށިގަނޑަށް މުހިންމު އަދި އެތައް މަންފާއެއް ކުރާ މާއްދާއެކެވެ.

އާންމުކޮށް ތަރުކާރީ އަދި ގަސްގަހުން އުފައްދާ ތެލުގައި ގިނަ އަދަދަކަށް ހަށިގަނޑަށް ގެއްލުންދޭ ސަރުބީ އެކުލެވިފައި ވިޔަސް ކާށިތެލުގައި ހިމެނިފައި ވަނީ ހަށިގަނޑުން ސަރުބީ ވިރުވާލަދޭ ބާވަތެކެވެ. ވުމާ އެކު ކާށިތެލަކީ ބަރުދަން ލުއިކުރުމުގެ ތަނަވަސްކަން ލިބިފައިވާ ގުދުރަތީ ބާވަތެކެވެ.

ކާށިތެޔޮ ބޭނުންކުރުމުން ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް އެތައް ލުއިތަކެއް ލިބިގެންދެ އެވެ. އަދި ހަށިގަނޑުގައި ސަރުބީ ރައްކާވެފައި ހުރުން ވެސް ކުޑަކޮށްދޭ ކަމަށް ޖަޕާނުގެ ތަޖުރިބާކާރުން ކުރި މި ދިރާސާއިން ހާމަވެގެން ދިޔަ އެވެ.

މައުލޫމާތު: ހެލްތީ ފްޑް ހައުސް