09 Feb 2015, 11:41
އަންހެނަކު މަރުވި ނުރައްކާތެރި ކާރު އެކްސިޑެންޓް ހިނގީ މެސެޖުކުރަމުން ކާރު ދުއްވަނިކޮށް ނޫން ކަމަށް އޮލިމްޕިކް ގޯލްޑް މެޑަލް ހޯދާފައިވާ ބްރޫސް ޖެނާ ބުނެފި އެވެ.
މަލީބޫގައި ކާރު ދުއްވަނިކޮށް އެކްސިޑެންޓް ހިނގީ ބްރޫސް ޖެނާ މެސެޖްކުރަން އިންދައި ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ފަރާތުން ދޮގު ކުރީ އޭނާގެ ޕަބްލިސިސްޓް އެލަން ނިއެރޮބް ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.
ބްރޫސް ޖެނާގެ ކާރު، އެހެން ކާރުތަކެއްގައި ޖެހުނު އެ ހާދިސާ ތަހުގީގުކުރަމުން އަންނަ ނިއުޔޯކް ފުލުހުން ބުނެފައި ވަނީ އެ ހާދިސާއާއި މޯބައިލް ފޯނާ ގުޅުމެއް ހުރިތޯ ބެލުމަށް ހުރިހާ ޑްރައިވަރުންގެ ފޯނުތަކުގެ ރެކޯޑްތައް ބަލާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ބްރޫސް ޖެނާ ބުނެފައި ވަނީ އެއީ ވަރަށް ހިތާމަވެރި، ގެއްލުން ބޮޑު ހާދިސާއެއް ކަމަށެވެ. އަދި އެހާދިސާގައި މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.