08 Feb 2015, 15:50
އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 12:00 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ހިތަދޫ ބޭންކް އޮފް މޯލްޑިވްސް ބްރާންޗުގެ ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހިގެންކަމަށެވެ.
އެ އެކްސިޑެންޓުގައި ދުއްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ޕާކުކޮށްފައި ހުރި ސައިކަލަށް މާބޮޑު ގެއްލުމެއްނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.