08 Feb 2015, 14:26
ފޮރިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓްރީގެ މަގާމުގައި ހުންނެވި ހަސަން ޝިފާއު އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓްރީގެ މަގާމަށް ބަދަލުކޮށްފި އެވެ.
އެޑިޝަނަލް ސެކްރެޓެރީގެ މަގާމަކީ ސިޔާސީ މަގާމެކެވެ. ޝިފާއު އެޑިޝަނަލް ސެކްޓެރީގެ މަގާމަށް ބަދަލުކުރެއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް ފޮރިންގް މިނިސްޓްރީން ބުންޏެވެ.
ޝިފާއު އެޑިޝަނަލް ސެކްރެޓްރީގެ މަގާމަށް ބަދަލުކުރުމާ ގުޅިގެން ފޮރިންގް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓެރީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު ތިންވަނަ ދުވަހު އެ މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. އަދި އެމަގާމަށް ބޭފުޅަކު ހަމަޖެހެންދެން ފޮރިންގް މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓްރީ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ހޯމް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓެރީ އެވެ.
މިވަގުތު ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ޝިފާއުގެ އިތުރުން ތިއްބަވަނީ އައިޝަތު ލިއުޝާ ޒާހިރު އާއި އައިޝަތު ޝެހެނާޒެވެ.