ރާއްޖޭގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާ ޓޫރިސްޓަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެއީ 57 އަހަރުގެ އަންހެން ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ފުލުހުން ބުނީ އޭނާ މަރުވީ ސްނޯކްލީންގައި އުޅެނިކޮށް ކަމަށެވެ.