މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަކުން ހިދުމަތްދޭން ފަށައިފި އެވެ.

އެ ބޭންކުގެ ހެޑް އޮފް ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު ޝަފާއު މިއަދު ސަން އަށް ވިދާޅުވީ އެ ބޭންކްގެ އޭޓީއެމްތަކަށް ދިމާވި މައްސަލަ ހައްލުކުރެވި މިހާރު ހިދުމަތް ދޭން ފަށާފަވާކަމަށެވެ.

"ޓެކްނިކަލް މައްސަލައެއް ދިމާވީ އޭޓީއެމްތަކަށް. މިހާރު ވާނީ މައްސަލަ ހައްލުކުރެވިފައި،" ޝަފާއު ވިދާޅުވި އެވެ.

އިއްޔެ އިން ފެށިގެން އެ ބޭންކުގެ އޭޓީއެމްތަކަށް މައްސަލަ ދިމާވެފައިވާ އިރު ސަން އަށް އެނގިފައިވާ ގޮތުގައި އެކަން ދިމާވީ އިއްޔެ ކުއްލިއަކަށް މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެންނެވެ.