ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝް އަށް މި ކުރައްވާ ދަތުރުފުޅަކީ ބަންގްލަދޭޝް ނޭވީގެ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް މުޙައްމަދު ފަރީދު ހަބީބުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ބަންގަލްދޭޝްގެ ޗީފް އޮފް އާމީ ސްޓާފާއި ބަންގްލަދޭޝްގެ ޗީފް އޮފްދަ އެއަ ސްޓާފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.