05 Feb 2015, 22:30
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވައިފި އެވެ.
މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށާއި ރާއްޖެ އާއި އިންޑިއާ އަކީ ޒަމާންވީ އަދި ވަރަށް ރަހުމަތްތެރި ދެ ގައުމު ކަމަށެވެ.
With Mr.@maumoonagayoom, Former President of Maldives.pic.twitter.com/xj1QY0KagC
— Narendra Modi (@narendramodi)February 5, 2015
އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ވެސް ވަނީ ޓުވީޓް ކުރައްވައިފަ އެވެ.