05 Feb 2015, 15:33
ނ. މިލަދޫ ކައުންސިލްގެ ގޮނޑި އިންތިހާބަކާ ނުލައި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓު ނަސްރުﷲ މުހައްމަދަށް ލިބިއްޖެ އެވެ.
މިލަދޫ ކައުންސިލްގެ ގޮނޑި އިންތިހާބަކާ ނުލައި ނަސްރުﷲ ކާމިޔާބު ކުރެއްވިކަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
މިލަދޫ ކައުންސިލްގެ ގޮނޑު ނަސްރުﷲ ކާމިޔާބު ކުރައްވާފައި ވަނީ އެ ގޮނޑިއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނެތުމުން ނެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ މިލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
މިލަދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ކުރިން އެ ކައުންސިލްގައި މަސައްކަތް ކުރެއްވި ކައުންސިލް މެމްބަރު އަބޫބަކުރު އަލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން ނެވެ.
އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އިނގިފައިނުވާއިރު އިސްތިއުފާގެ ސިޓީގައި ކައުންސިލްގައި ހުރުމަށް އޭނާ އުޒުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.