ގދ. ނަޑެއްލާ ފަޅުތެރޭގައި ތާށި ވެފައިވާ ކޯމަސްތަކެއް ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ފަޅު ތެރޭގައި މިއަދު ހެނދުނުން ސުރެ ތާށިވެފައިވާ ކޯމަސްތަކެއް ސަލާމަތް ކުރުމުގެ މަސައްކަތް އެ ރަށު ޒުވާނުންތަކަކާއި ސިފައިން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"ފަރުމަތީގައި ނުއެއް ނުކުމޭ، ބައެއް ކޯމަސްތައް ހުރީ ތާޔާވެފައި. ދެތިން ހަތަރު ކޯމަސް މަރުވެސްވެފައި ވަނީ، މިހާރު މިކުރެވޭ މަސައްކަތަކީ އެތަކެތި ސަލާމަތް ކުރުމުގެ މަސައްކަތް." ފައިސަލް ވިދާޅުވި އެވެ.

ނަޑެއްލާ ފަޅުގައި ތާށީވި ކޯމަސްތަކެއް ސަލާމަތް ކުރަނީ-- ސަން ފޮޓޯ: ކިޔުންތެރުއެއް

އޭނާ ވިދާޅުވީ 40 ވަރަކަށް ކޯމަސް ފަޅުތެރެއިން ނުނިކުމެވިވާ އިރު ދެ ޑިނގީއަކާއި ކޯސްޓުގާޑުގެ އެހީތެރިކަމުގައި އެ ކޯމަސްތައް ކަނޑަށް ދޫކުރަމުން އަންނަ ކަމަށެވެ.
ނަޑެއްލާ ފަޅުގައި ތާށީވި ކޯމަސްތަކެއް ސަލާމަތް ކުރަނީ-- ސަން ފޮޓޯ: ކިޔުންތެރުއެއް

ބައެއް ކޯމަސްތައް މިހާރު ކަނޑަށް ދޫކޮށްފައިވާ ކަމަށާއި ހުރިހާ ކޯމަސްތައް ކަނޑަށް ގެންދެވޭނެ ވަކި ވަގުތެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.