05 Feb 2015, 13:53
ސ. މަރަދޫގައި ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކު ޒަހަމުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ބޮޑުމަގުގައި ސްކޫލާ ދިމާއަށް ނިކުންނަ ކަންމަތިން އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އައްޑޫގައި ދެ ސައިކަލް ޖެހިގެން އެކްސިޑެންޓެއް ހިނގިކަން ރިޕޯޓްކޮށްފައި ވަނީ މިއަދު 10:45 އެހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާލިބު މީހުންނަށް ދަނީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. އަނިޔާލިބުނު މީހުންގެ ތެރެއިން އަންހެނަކަށާއި ފިރިހެނެއްގެ ގައިން ބޮޑެތި ޖަހަމްތަކެއް ފެންނަން ހުއްޓެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.