04 Feb 2015, 20:25
ހއ ދިއްދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް މިއަދު ހުޅުވައިފި އެވެ.
ދިއްދޫގައި ބޭސް ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރައްސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ބޭހުގެ ދަތިކަން ދިއްދޫގެ ރައްޔިތުންނަށް ދެން ކުރިމަތި ނުވާނެ ކަމަށެވެ.
ދިއްދޫ ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާނެ ހުރިހާ ސާމާނެއްވެސް ޖޫން މަހުގެ ކުރިން ފޯރުކޮށްދޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ބޭސްފިހާރަ ހުޅުވި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަބްދުއްލަތީފު ވިދާޅުވީ ދިއްދޫ އާއި ދާއިރާގެ ތަރަށްގީއަށް ބޭނުންވާނެ ގިނަކަންތައްތައް ސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަަ ޔަގީންކަން އަރުވާ ކަމަށެވެ.
އެސްޓީއޯއިން މިއަދު ދިއްދޫގައި ހުޅުވި ބޭސް ފިހާރަ ހުއްނަނީ ހޮސްޕިޓަލުގެތެރޭގަ އެވެ. އެ ބޭސްފިހާރައިގެ އިތުރުން މީގެ ކުރިން ވެސް ދިއްދޫގައި ދިޔައީ ދެ ފާމަސީއަކުން ބޭހުގެ ހިދުމަތް ދެމުންނެވެ.