08 Apr 2010, 13:03
14:30
އިނދެ ވަރިކޮށްފައިވާ ދެމަފިރިއެއްގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން އަންހެން މީހާއަށް ހަމަލާދިނުމަށް ފަހު ފިރިހެން މީހާ އަމިއްލަ އަށް ބަނޑަށް ވަޅި ހަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު މެންދުރު 12:30 ހާއިރު މި ހާދިސާ ހިނގީ ދިޓީވީ ހުންނަ މަގުގައި ހުރި ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުރި ގެއެއްގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަކަށްފަހު ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން އެ ދެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފިރިހެން މިހާގެ ބަނޑަށް ވަޅިހަރާފައިވާ ކަމަށެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަންހެން މީހާގެ ބުރަކަށްޓަށާއި އަތަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.