04 Feb 2015, 15:04
ހުޅުމާލޭ ގޮނޑުދޮށަށް ލައްގާފައިއޮތް ބޮޑު މަސް ވަޅުލައިފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ހުޅުމާލެ ކުނިގޮނޑާ ދިމާލު ގޮނޑުދޮށަށް ލައްގާފައި އޮތް ބޮޑުމަސް ވަޅުލާފައިވަނީ އެސަރަހައްދު ގައި ހައިމާކުން ފުން ވަޅުގަނޑެއް ކޮނުމަށްފަހު ކަމަށެވެ.
ގާތްގަނޑަކަށް 60 ވަރަކަށް ފޫޓުގެ އެެ ބޮޑު މަސް ވަޅުލާފައިވަނީ ކެމިކަލް އަޅައި ހެދުމަށްފަހުއެވެ.

ހުޅުމާލޭ ގޮނޑު ދޮށަށް ލައްގާފައިވާ ބޮޑުމަސް -- ސަން ފޮޓޯ: ޒިލްމާ
ބުލޫވޭލް ނަމަކަށް ކިޔާ އެމަސް މިއަދު ހެނދުނު ފެނުނުއިރު އޭތި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެސަރަހައްދުން އެވަގުތު ވަރަށް ބޮޑަށް ކުނި ވަސް ދުވާފައިވެ އެވެ.
ދޭތެރެދޭތެރެއިން ދަނީ އަތޮޅު ތެރޭ ބައެއް ރަށްތަކަށްވެސް ބޮޑުމަސް ލައްގަމުންނެވެ. ހާއްސަގޮތެއްގައި އިރުވައި މޫސުމަކީ އެކި ކަހަލަ ތަކެތި ރައްރަށުގެ ގޮނޑުދޮށްތަކަށް ލައްގާ ދުވަސްވަރެކެވެ.