މިދިޔަ އަހަރު ކްލަރޯޑޯގައި ކުޑަ ބޯޓެއް ވެއްޓި ޕައިލެޓާއި ބޯޓުގައި އިން ހަމަ އެކަނި ފަސިންޖަރު މަރުވީ، ޕައިލެޓް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ކަމަށް ތަހުގީގުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑާ ހަވާލާދީ އޭބީސީ ނިއުސް އިން އިއްޔެ ބުނީ މިދިޔަ އަހަރުގެ މޭ މަހު 31 ވަނަ ދުވަހު ބޯޓު ވެއްޓެން ދިމާވީ ޕައިލެޓް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ކަމަށް ގޯޕޯ ކެމެރާގެ ވީޑިއޯ ފްޓޭޖުތަކުން ދޭހަވާ ކަމަށެވެ.

ދެ ސީޓްގެ ސެސެނާ 150ގެ ބޯޓު ވެއްޓުނީ ބޯޓް ނައްޓާލިތާ ހަތަރު މިނިޓް ފަހުންނެވެ.

ގޯޕްރޯ ކެމެރާގެ ފްޓޭޖުތަކާ ހަވަލާދީ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުނީ ބޯޓު ވެއްޓުނު ތަން ކެމެރާ އަށް ރެކޯޑް ކުރެވިފައި ނެތް ނަމަވެސް ބޯޓު ވިނަގަނޑު މައްޗަށް ވެއްޓި ދެ ތިން ބުރެއް ޖަހައި ބޯޓުގެ އިންޖީނު ހުއްޓުނުމުގެ ކުރީން ޕައިލެޓްގެ ފުލް ކޮންޓްރޯލްގައި ބޯޓުވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނީ ބޯޓު ވެއްޓުނީ ޕައިލެޓްގެ އަތުގައި އޮތް ސެލް ފޯނު ބޭނުން ކުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް ބެލެވޭ ކަމަށެވެ.


ތަހްގީގު ކުރާ ފަރާތްތަކުން ބުނީ ބޯޓު ވެއްޓެން ޖެހޭނެ އެއްވެސް ސަބަބެއް ބޯޓުން ނުފެންނަ ކަމަށެވެ.

ނަވާވީސް އަހަރުގެ ޕައިލެޓަކީ 726 ގަޑި އިރު ދަތުރުކޮށްފައިވާ ޕައިލެޓެކެވެ. އަދި އަދި ރޭގަޑަނޑު 27 ގަޑި އިރު ދުއްވާފައިވާ ޕައިލެޓެކެވެ. ތަހްގީގު ކުރާ ފަރާތްތަކުން ބުނީ އެ ޕައިލެޓަކީ އެ ބޯޓުގެ އިންސްޓްރުއުމަންޓްތަކާ ރޭގަނޑު ކުޅުމުގެ ތަމްރީން ލިބިފައިވާ ޕައިލެޓެެއް ކަން އޭނާގެ ފްލައިޓް ލޮގު ފޮތުން ފެންނަން ނެތް ކަމަށެވެ.