ހުޅުމާލޭ ގޮނޑުދޮށަށް ބޮޑުމަހެއް ލައްގައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވިގޮތުގައި އެބޮޑުމަސް ލައްގާފައިވާ ކަން އެނގިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެމަސް ލައްގާފައި ވަނީ ހުޅުމާލެ ކުނިގޮނޑާ ދިމާލު ގޮނޑުދޮށަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ގޮނޑުދޮށަށް ރޭގެ ވަގުތެއްގައި ލައްގާފައި އޮތް ބޮޑުމަސް ބަލާލުމަށް އެ ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ޒިލްމާ

"ބުލޫ ވޭލެއް ކަމަށް ލަފާކުރެވެނީ. ވަރަށް ބޮޑަށް ހަލާކުވެފައިއޮތީ. ވަރަށް ކުނިވަސްވެސް އެބަހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންނާ ގުޅިގެން އެމަސް ވީހާވެސް އަވަހަށް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ދޭތެރެދޭތެރެއަކުން ދަނީ އަތޮޅު ތެރޭ ބައެއް ރަށްތަކަށްވެސް ބޮޑުމަސް ލައްގަމުންނެވެ. ހާއްސަގޮތެއްގައި އިރުވައި މޫސުމަކީ އެކި ކަހަލަ ތަކެތި ރައްރަށުގެ ގޮނޑުދޮށްތަކަށް ލައްގާ ދުވަސްވަރެކެވެ.