Last Updated:
1 decade 10 month ago

އަލިފާން ރޯވި ގޭގައި ތާށިވި މީހުން ސަލާމަތްކޮށްފި

    ބުލޮގު ޚުލާސާ
    މާލޭ ގެއެއްގައި އަލިފާން ރޯވެ، ގެއެއްގެ ތެރޭގައި ބަޔަކު ތާށިވެއްޖެ އެވެ.

    އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އަމީނީ ގޯޅި (ޑޮނާޑު ގޯޅި)ގައި ހުރި ހަ ބުރިއަށް އިމާރާތްކޮށްފައިވާ ގ. ލައިލެކް ގޭގަ އެވެ. އެ ގޭގެ ސިޑި ގޮޅީގައި އަލިފާން ރޯވުމުން، އެ ގޭ މީހުންނަށް ވަނީ އިމާރާތުން ފޭބޭ ގޮތް ނުވެފަ އެވެ.

    އަލިފާން ނިއްވުމަށް ފަޔާ ލޮރީއެއް ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. މީހުން ސަލާމަތް ކުރުމުގައި އާމުންނާއި ފުލުހުންނާއި ސިފައިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

    03:16

    އަލިފާން ރޯވި ގެއިން ވަނީ ކަރަންޓް ކެނޑިފައި. އަލިފާން ހިފި ކަރަންޓް ވައިރުތައް ވަނީ އަނދާ ހުލިވެފައި. ސްޓެލްކޯއިން ބުނީ މިރޭ އެ ގެއަށް ކަރަންޓް ނުދެވޭނެ ކަމަށް. އެ މައްސަލަ ހައްލު ކުރަން ވަގުތު ނަގާނެ ކަމަށް ސްޓެލްކޯއިން ބުނި.
    02:56

    އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި. އެމްއެންޑީއެފުން މިހާރު ދަނީ އަލިފާން ރޯވި ސަބަބު ބަލަމުން. ބޭލެވޭ ގޮތުގައި އެ ގޭގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓް ޝޯޓަކުން ކަމަށްވޭ.
    02:43

    އަލިފާން ރޯވެފައިވާ ގޭގެ ހަތަރު ބުރީގައި މީހުން ދިރިއުޅޭ. އެމްއެންޑީއެފްގެ ފަޔާމަނުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން. އިމާރާތުގެ ފުރަތަމަ ބުރީގައި ނުފޭބި ތާށިވެފައި ތިބި މީހުން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައި.