10 Feb 2011, 23:04
22:50 ކޮންޓެއިނަރެއް އުފުލަން އުޅުމުގެ ތެރޭގައި ކެރޭނެއްގެ މައްޗަށް ކޮންޓެއިނާ ވެއްޓި ގެއްލުންތައް ލިބިއްޖެ އެވެ. މި ހާދިސާ ހިނގި އިރު ކެރޭނުގައި އިން ޑްރައިވަރަށް ވެސް އިތުރު އެހެން މީހަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
ސްޓެލްކޯ ފުރަގަހުން ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި މި ހާދިސާގައި ހިނގަން މެދުވެރިވީ ކެރޭނުން ކޮންޓައިނަރެއް އުފުލަން އުޅެނިކޮށް، ކެރޭނުގެ ދަގަނޑު ވައިރު ކަޑައިގެން ގޮސްގެންނެވެ. އަދި އެ ވަގުތު ކޮންޓެއިނަރު ވެއްޓި، ކެރޭނުގައި މަތީގައި ޖެހުމުގެ ސަބުން ކެރޭނަށް ބޮޑެރި ގެއްލުންތައް ވަނީ ލިބިފައިވެ އެވެ.
މީގެ އިތުރުން ކެރޭނުގެ ޑްރައިވަރު އިންނަ ބޮކޮސް ބިއްރޫރިގަނޑު ތަޅާއިގެން ގޮސް، ކެރޭނުގެ ފައިކައްޓައެއް ވެސް ގެއްލުންތައް ލިބިފައިވެ އެވެ.
ކެރޭނުގެ މައްޗަށް އެ ކޮންޓެއިނަރު ވެއްޓުމާ ގުޅިގެން، އިތުރު ކެރޭނެއްގެ އެހީގައި އެ ކޮންޓެއިނަރު ނެގުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.