ރ. އަލިފުށީގައި ހިނގި ދެބަސްވުމެއް "ހޫނުވެ" މީހެއްގެ އަތް ޒަހަމްކޮށްލައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިރު އޮށްސުނު ވަގުތު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުީވީ މިރޭ އިރުއޮށްސި 6:40 އެހާކަށްހާއިރު ހިނގި ހަމަނުޖެހުމެއްގައި 18 އަހަރުގެ ޒުވާނެއްގެ އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި 22 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ސަން" އެނގިފައިވާ ގޮތުގައި އެކަމެއް ހިނގަން މެދުވެރިވީ ރާ އަރަން އުޅުނު މީހަކާ ދެމެދު ހިނގި ދެބަސްވުމެއް ހޫނުވެގެން ގޮސް އެމީހާގެ އަތުގައި އޮތް ވަޅިއެއް ދަމައިގަންނަން އުޅުމުގެ ތެރޭގައި އެވެ. އެ ވަޅި ދަމައިގަންނަން އުޅުމުގެ ތެރޭގައި އަތަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.