03 Feb 2015, 10:15
ނައިޓް މާކެޓަށް މޭޒު ލޮކޭޝަން ދޫކުރަން ނިންމާފައި ވަނީ މިއަދު ކަމަށްވާ އިރު އެކަމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ކައިރީގައި ދިގު ކިޔޫއެއް ހަދައިފި އެވެ.

ނައިޓް މާކެޓުގެ މޭޒް ލޮކޭޝަން ހޯދުމަށް ގިނަ ބަޔަކު ކިޔޫގައި--- ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން
އަމީނީމަގުގައި ހުންނަ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުން ފެށިގެން ދެކުނަށް އޮންނަ ގޯޅީގައި ހުންނަ ޔޫތު ސެންޓަރާ ހަމައަށް ކިޔޫ ހަދާފައިވެ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް މިއަދު 'ސަން' އަށް ވިދާޅުވީ އެ އޮފީސް ކައިރީގައި ގިނަ ބަޔަކު ކިޔޫ ހަދާފައިވާ ވަނީ ނައިޓް މާކެޓްގެ މޭޒުތައް ދޫކުރުމުގެ މަސައްކަތް މިއަދު ފައްޓާތީ ކަމަށެވެ.

ނައިޓް މާކެޓުގެ މޭޒް ލޮކޭޝަން ހޯދުމަށް ގިނަ ބަޔަކު ކިޔޫގައި--- ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން
"މިއަދުން ފެށިގެން ލޮކޭޝަންތައް [މޭޒުތައް] ހަމަޖެއްސެންދެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިފަހަރު މިހާ ބޮޑު ތަރުހީބެއް ލިބެނީ މޭޒުތައް އަގު ހެޔޮވުމާއި މިހާރު ވިޔަފާރިވެރިންވެސް ގިނަވުމުން." އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ މާކެޓަށް 550 މޭޒަށް ވުރެ ގިނައިން މޭޒު ވިއްކާފައިވާނެ ކަމަށެވެ. މޭޒެއް ވިއްކަމުން ދަނީ 3900 ރުފިޔާ އަށެވެ.

ނައިޓް މާކެޓުގެ މޭޒް ލޮކޭޝަން ހޯދުމަށް ގިނަ ބަޔަކު ކިޔޫގައި--- ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން
މިއަހަރު ބޭއްވުމަށް ނިންމާފައިވާ އެންމެ ނައިޓް މަގެކެވެ. އެ މާކެޓް ބޭއްވުމަށް ނިންމާފައި ވަނީ މޭމަހުގެ 15 އިން 25 އަށެވެ.
މި އަހަރުން ފެށިގެން ނައިޓް މާކެޓް ބާއްވާނީ އަހަރު އެންމެ ފަހަރަކު، އަދި ދެން އެ މާކެޓުތައް ބާއްވާނީ ޒަމާނުންސުރެ މާކެޓު ބާއްވަމުން އައި ވިޔަފާރިވެރިންގެ ޖަމިއްޔާއިންނެވެ.