ލ. އަތޮޅުގައި ދަރިންނަށް ބިރުދައްކައި، ދަރިން ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދެމަފިރިންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ގަމު މެޖިސްޓްރޭޓް ކޯޓުން ރޭގެ ވަގުތެއްގައި އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ދަރިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. އެ ދެ މަފިރިންނަކީ ގަމަށް ނިސްބަތްވާ ދެމީހުންނެވެ.