ވ. ރަކީދޫގައި ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރުގެ ތަހުގީގަށް އެ ރަށުގައި ހަރަކާތްތެރިވި ފުލުހުން، އިބްތިލާހް މަރާލިކަމަށް ތުހުމަތުކުރެވޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ގޮވައިގެން އެރަށުން ފައިބައިފި އެވެ.

ރަކީދޫ ކައުންސިލްގެ ވެރިޔަކު ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު 7:40 ގައި އެރަށުގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން އާފިޔާ ގޮވައިގެން ފުރާފައިވާ ކަމަށެވެ.

"ފުލުހުން ދެއްނެވި އަދި އަންނާނަމޭ. އެމީހުން ދިޔައީ އާފިޔާ ގޮވައިގެން މާލެއަށް،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އިބްތިލާހަކީ އާފިޔާގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ.