ފަސް ފިރިހެނުންނާއެކު ހުއިފިލަނޑައާއި އިހިނެގުމުގެ މަސައްކަތަށް ނުކުމެ އުޅުނު ރ. މާކުރަތު "އަޒުމް" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެ ހޯދަމުން ދަނިކޮށް އެ ދޯނީގެ ހަބަރެއްވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގެ ހަބަރެއް ވެފައިވަނީ ދޯނީގެ ޚަބަރެއް ނުވެގެން އޫޅޭކަން ކޯސްޓްގާޑަށް އެންގުމާއެކު އެދޯނި ހޯދުމަށް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން އެދޯނީގައި މަސައްކަތްކުރާ ފަޅުވެރިއަކަށް ގުޅުމުން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ "އަޒުމް" ދޯނި މިހާރު އޮތީ ރ. އަތޮޅު ވާދޫ ފަރު ބޭރުގައި ފީނުމުގެ މަސްވެރިކަމުގައި ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ. އަދި އެ ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅުކަމަށާއި ދޯނީގެ ޚަބަރެއް ވެފައި ނުވަނީ ދޯނީގައި ތިބި މީހުންގެ ފޯނުތަކުގެ ޗާޖު ގޮސްގެން ނުގުޅުމުގެ ސަބަބުންކަމަށް ދޯނިން ވާހަކަދެއްކި ފަޅުވެރިއަކު ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

"އަޒުމް" ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް އަންގާފައި ވަނީ އިއްޔެ މެންދުރުފަހު 2:00 ކަންހާއިރު، އެ ދޯނި ފަޅުވެރިއެއްގެ ޢާއިލާއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.