02 Feb 2015, 23:12
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ވީއައިޕީ ލައުންޖު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިރޭ ވިދާޅުވީ އަލިފާން ރޯވެފައި ވަނީ ވީއައިޕީ ލައުންޖުގައި ހުރި ކުނިތަކެއްގައި ކަމަށެެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެތަނަށް ވެސް ގެއްލުމެއް ނުވާ ކަމަށް އަދުނާން ވިދާޅުވި އެވެ.
މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ ވީއައިޕީ ލައުންޖު ސަރަހައްދުން ކުޑަ އިރުކޮޅެއް ވަންދެން ދުން އެރި ކަމަށާއި ނަމަވެސް މާގިނަ އިރުތަކެއް ނުވެ، ދުން އެރުން ހުއްޓުނު ކަމަށެވެ. ވީއައިޕީ ލައުންޖު ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާމަނުންނާއި އެއާޕޯޓުގެ ފަޔާމަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.