ލ. އަތޮޅުގައި ދަރިންނަށް ބިރުދައްކައި، ދަރިން ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ސެކްޝަންގެ ޑިރެކްޓަރު މުހައްމަދު ޝަކީބު ވިދާޅުވީ ވަކި ވަކި މައްސަލަތަކާ ބެހޭ ގޮތުން މައުލުމާތު ހިއްސާކުރުމަކީ ގަވާއިދުގައި އޮންނަގޮތުން މަނާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ލ. އަތޮޅުން ވެސް އެ މިނިސްޓްރީއަށް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި ފުލުހުންނާ ގުޅިގެން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.