ފަސް ފިރިހެނުންނާއެކު ހުއިފިލަނޑާ އާއި އިހިނެގުމުގެ މަސައްކަތަށް ނުކުމެ އުޅުނު ރ. މާކުރަތު "އަޒުމް" ނަމަކަށް ކިޔާ ދޯންޏެއްގެ ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ފަށާފައިވާ ކަމަށެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:000 ހާއިރު ދޯނި ފަޅުވެރިއެއްގެ ޢާއިލާއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަޒުމް ދޯނީގެ ޙަބަރެއް އެންމެ ފަހުންވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އޭރު ދޯނި އޮތީ ހދ. މަކުނުދޫ ކައިރީ އޮތް ފަރެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޚަބަރެއް ނުވެގެން ހޯދަމުންދާ "އަޒުމް" ދޯންޏަކީ ދިގުމިނުގައި ގާތްގަނޑަކަށް 60 ފޫޓު ހުރި ދޯންޏެއްކަމަށާއި ދޯނީގެ އޮޑިގަނޑުގައި ލާފައިވަނީ ނޫކުލަކަމަށާއި އަދި ގެގަނޑުގައި ލާފައި ވަނީ ހުދުކުލަކަމަށްވެސް މަޢުލޫމާތު ލިބިފައިވެެއެވެ.