02 Feb 2015, 10:43
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާ، ތިން ވަން ކްއާޓަށް ވުރެ 40 ޕަސެންޓް ދަށަށް ހިންގައްޖެ އެވެ. އެއީ ކުރީގެ ކުއާޓަރާ އަޅާބަލާ އިރު 11 މިލިއަން ރުފިޔާ ދަށްވުމެކެވެ.
އެމްޓީސީސީ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުންފުންނަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 17 މިލިއަން ރުފިޔާގެ ފައިދާއެއްވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 28 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ.
އެމްޓީސީސީ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 22 މިލިއަން ރުފިޔާ ފައިދާވި އިރު، އަހަރުގެ ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 30 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެމްޓިސީސީގެ ޖުމްލަ ރައުސުލްމާލާއި ދަރަނި ހުރީ 725 މިލިއަން ރުފިޔާގަ އެވެ.
އެހެނިހެން މަސައްކަތްތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެކުންފުނިން ވަނީ ކޮންސްޓްރަކްޝަންގެ ދާއިރާ އިން ޖުމްލަ 48 ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެތެރެއިން ޖުމްލަ 41 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް އެ ކުއާޓަރުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ކުންފުންޏަށް މިދިޔަ ތިން މަހު ލިބުނު ފައިދާއާ އެކު ހިއްސާއަކަށް 68.31 ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.