ރެއިންބޯ އެންޓަޕްރައިސް އިން މިދިޔައަހަރު ބޭއްވި "ރެއިންބޯ އިޔަ އެންޑް ސޭލްސް 2014" ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފިއެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިންމޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި 11 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިފައިވެ އެވެ. ރެއިންބޯއިން ބުނީ ތިން ފަރާތެއް ހޮވުމުގެ ބަދަލުގައި ލަކީޑްރޯގައި ގިނަ މީހުންނަށް އިނާމު ލިބޭ ގޮތަށް ހަދާފައިވާނެ ކަމަށެވެ.

ލަކީޑްރޯގެ ނަސީބުވެރިންނަށް ގެއަށް ބޭނުންވާ ސާމާނު ލިބިފައިވާއިރު މިއަހަރު ބޭއްވި ލަކީޑްރޯގައި އިނާމްތަކަށް ކަނޑައަޅާފައި ވަނީ ކޮޓޯ ބްރޭންޑް ބާތުރޫމް ސެޓަކާއި ޓީވީ ރެކާއި ޑައިނިން ސެޓަކާއި ރެފްރިޖަރޭޓަރަކާއި ބެޑްރޫމް ސެޓެކެވެ. މީގެ އިތުރުން 32 އިންޗީގެ އެލްއީޑީ ޓީވީ އާއި ސޯފާ ބެޑަކާއި ބެޑިންސެޓާއި ސޯފާ އާއި އެއާ ކޮންޑިޝަނާ އަދި އޮޓޮމޭޓިކް ވޮޝިން މެޝިން ވެސް އިނާމަށް ކަނޑައަޅާފައިވެ އެވެ.

ރެއިންބޯ އިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް މަގުސަދަކީ އެކުންފުނިން ތަކެތި ވިއްކާ ފެންވަރު ރަނގަޅު މުދާ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށާއި ގިނަ ސިލްސިލާ ލަކީޑްރޯތައް ބާއްވަނީ އެހެންވެގެން ކަމަށެވެ.



އިނާމް ލިބުން ފަރާތްތަކަކީ

ކޮޓޯ ބްރޭންޑް ބާތުރޫމް ސެޓު- ހަސަން ހުސައިން

ޓީވީ ރެކް- ސަމީރާ އަހްމަދު

ޑައިނިން ސެޓް- ނާސިރު

ރެފްރިޖަރޭޓާ- އަލްވީނާ

ބެޑްރޫމް ސެޓް- ހަސަން ހުސައިން

އެލްއީޑީ ޓީވީ- އަހުމަދު

ސޯފާ ބެޑް- ޝިމްލާ އަހުމަދު

ބެޑިން ސެޓް- ރިޔާޒް

ސޯފާ ސެޓު- މުހައްމަދު ޝަމްހީދު

އެއާ ކޮންޑިޝަނާ- ސަމީރާ އަހުމަދު

އޮޓޮމޭޓިކް ވޮޝިން މެޝިން- އާރިފް ހުސައިން