01 Feb 2015, 16:39
ދޭތެރެ ދުރުކުރާ ބޭސް، ކޮންޓްރާސެޕެޓިވް، އުފެއްދި ކެމިސްޓް ކާލް ދެޖަރަޖެއްސީ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
ސްޓޭންޑް ފޯޑް ޔުނިވަސިޓީއާ ހަވާލާދީ ރަޝާ ޓްޑޭ އިން މިއަދު ބުނީ އޭނާ ނިޔާވީ ސެން ފްރަސްސިސްކޯގައި ހުންނަ އޭނާގެ ގޭގައި ކަމަށެވެ.
ކާލް އަކީ ސްޓޭންޑް ފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރެކެވެ. ދޭތެރެ ދުރުކުރާ ބޭސް، ކޮންޓްރާސެޕެޓިވް، 1951 ވަނަ އަހަރު އޭނާ އިސްވެ ހުރެ، އީޖާދުކުރީ މެެކްސިކޯ ސިޓީގަ އެވެ. އަދި އެ ބޭހަށް ފަހު އަނބިފިރިކަމުގެ ގުޅުމަށް ވަނީ ބޮޑު އިންގިލާބެއް ގެނެސްފަ އެވެ.