01 Feb 2015, 15:04
މަރުވެގެން ފިލިޕީންސަށް ލެއްގި އަނގަބޮޑު މިޔަރެއް އެ ގައުމުގެ މަސްވެރިން ހޯދައިފި އެވެ. އާދަޔާ ހިލާފު އެ މިޔަރުގެ ހަޔާތުން ގިނަ ވަގުތު ދިރިއުޅެނީ ކަނޑުގެ އެންމެ އަޑީގަ އެވެ.

ސީއެންބީސީ އިން ބުދަ ދުވަހު ބުނީ، އެ މަަސް ފެނުނީ ސެންޓްރަލް ފިލިޕީންސްގެ ރަށެއް ކަމަށްވާ ބުރިއަސް ޕާސް ކިޔާ ރަށަކަށް ލައްގާފައި ވަނިކޮށް ކަމަށެވެ.
ފިލިޕީންސްގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނީ އެ ޒާތުގެ 70 ވަރަކަށް މިޔަރު އެ ސަރަހައްދުގައި ދިރިއުޅޭ ކަމަށެވެ.

މަރުވެގެން ފިލިޕީންސަށް ލެއްގި އަނގަބޮޑު މިޔަރު
ފަނަރަ ފޫޓުގެ މިޔަރު ފެނުނު އިރު ވަނީ މަރުވެފަ އެވެ. އަދި މަސް މަރުވަން ދިމާވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ވަރަށް މަދު މައުލޫމާތުތަކެއް އެނގޭ، މިޔަރަކީ މަދުން ފެންނަ ބާވަތެއްގެ މިޔަރެކެވެ. އަދި ކަނޑުގެ އެންމެ އަޑީގައި އުޅޭ މި ބާވަތުގެ މިޔަރު ފުރަތަމަ ފެނުނީ 1976 ވަނަ އަހަރު އެވެ.