10 Feb 2011, 16:15
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ޗޮކްލެޓް ވީކް 2011" މިއަދު ފަށައިފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން މި މަހު 17ގެ ނިޔަލަށް ޗޮކްލެޓް ވީކް ކުރިއަށް ދާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށް ދާއިރު ހަވީރު 4 އިން ރޭގަނޑު 10 އަށް އެސްޓީއޯ ޕީޕަލް ޗޮއިސްގެ ސުޕްމާކެޓަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް ތަފާތު ބާވަތްތަކުގެ ޗޮކްލެޓްގެ ރަހަ ހިލޭ ބެއްލެވޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ މިއަހަރުގެ ޕްރޮމޯޝަންގައި މަޝްހޫރު ބްރޭންޑްތަކުގެ ޗޮކްލެޓް ހާއްސަ ޑިސްކައުންޓާ އެކު ލިބެން ހުންނާނެ ކަމަށާއި އަދި ހޮވާލެވިފައިވާ ބްރޭންޑްތަކުގެ ޗޮކްލެޓް ގަންނަ ފަރާތްތަކުގެ މެދުގައި "ލަކީޑްރޯ"އެއް ނެގޭނެ ކަމަށާއި ނަސީބު ދިމާކުރާ މީހަކަށް 42 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
މިއަހަރުގެ ޕްރޮމޯޝަންގެ ބައިވެރިންނަކީ ޔޯރޯ ސްޓޯރް އަދި ސީންކޯ ޓްރޭޑާސް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.