ދިވެހި ސަރުކާރާއި އަމިއްލަ ފަރުދުންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ދެމުން އަންނަ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަންނަ އަހަރުގެ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 5:00 އަށެވެ.

އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި އަހަރު ބެޗްލާސް އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށް ތަފާތު ތިން ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވެ އެވެ. އެއީ މިދިޔަ އަހަރު ވެސް ފުރުސަތު ހުޅުވާލި އެޑިއުކޭޝަނާއި ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް އަދި ގަވަނަންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އެވެ.

ނަމަވެސް ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު އަންނަ އަހަރަށް ހުޅުވާލާފައެއް ނުވާއިރު ބެޗްލާސް އަދި މާސްޓާސްގެ ފުރުސަތު ހުޅުވާލާފައިވާ އަދަދެއް އަދި ހާމަކޮށްފައެއްނުވެ އެވެ.