އުމުރުން ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މަންމަގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރި 23 އަހަރުގެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިޔުމަށް ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދުގައި ދިރިއުޅޭ އެ އަންހެން މީހާގެ މައްސަލަ ފުލުހުނަށް ހުށަހަޅާފައިވަނީ އެ އަންހެން މީހާގެ އާއިލާއިން ކަމަށާއި އޭނާގެ ހަ މަހުގެ ތުއްތު ދަރިފުޅު ޖެންޑާ މިނިސްޓްރީ މެދުވެރި ވެގެން އެ ކުއްޖާގެ ބައްޕަ ފަރާތު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.