އިސްލާމިކް ސްޓޭޓް، އައިސިސް އިން ހައްޔަރުކޮށްގެން އުޅޭ ޖަޕާނުގެ ނޫސްވެރިޔާ ކެންޖީ ގޯޓޯ އަދި ޖޯޑަންގެ ޕައިލެޓް މާޒް އަލް ކައްސާބް ދޫކޮށްލުމަށް އައިސިސް ޖަމާއަތާ ޖަޕާނާ ދެމެދު ވެފައިވާ އެއްބަސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޖަޕާނުން ބުނެފި އެވެ.

ޖަޕާނުގެ ފޮރިންގް މިނިސްޓަރާއި ހަވާލާ ދީ ރަޝިއާގެ އާރު ޓީ ނޫހުގައި ބުނެފައި ވަނީ ޖަޕާނުގެ ނޫސްވެރިޔާ އަދި ޖޯޑަންގެ ޕައިލެޓް ދޫކޮށްލުމަށް އައިސިސްއާއި ޖަޕާނުގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން ހުއްޓުމަކަށް އައީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ހާމަކޮށްފަ އެއް ނުވެ އެވެ.

ޖަޕާނުން މިހެން ބުނެފައިވާ އިރު ޓޯކިޔޯގެ އިމްޖެންސީ ހެޑް ޔަސޫހިދް ނަކަޔާމާ ބުނެފައި ވަނީ ޖަޕާނުގެ ނޫސްވެރިޔާ އާއި ޖޯޑަންގެ ޕައިލެޓް ދޫކޮށްލުމަށް ޖަޕާނާ މެދު ވެފައިވާ އެއްބަސްވުމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

ޖަޕާނުގެ ނޫސްވެިޔާގެ އިތުރުން ޖަޕާނުގެ އިތުރުމީހެއް ކަމަށްވާ ހަރައުނާ ޔުކައުވާގެ ބަދަލުގައި 200 މިލިއަން އެމެރިކާ ޑޮލަރު 72 ގަޑިއިރު ތެރޭގައި ހަވާލުކުރުމަށް އޮންލައިން ވީޑިއޯއެއް މެދުވެރުކޮށް އައިސިސް ޖަމާއަތުން ޝަރުތުކޮށްފައިވާ އިރު، އެ ފައިސާ ޖަޕާނުން ދައްކާފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހަރައުނާ ޔުކައުވާގެ ކަރުބުރިކޮށްލާފައި ވާ ވީޑިއޯއެއް އައިސިސް އުން މިހާރު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ސައްހަ ވީޑިއޯއެއް ކަން އަދި ޔަގީން ނުވާކަމަށް ރިޕޯޓުތަށް ބުނެ އެވެ.

އައިސިސް އިން މީގެ ކުރިން ވަނީ އެމެރިކާގެ ތިން މީހަކާއި އިނގިރޭސިއެއްގެ ކަރު ބުރިކޮށްފަ އެވެ.