31 Jan 2015, 15:42
އުމުރުން ދެ އަހަރާއި 15 އަހަރުގެ ކުދީންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ކުދިންނަކީ ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ކުދީން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ރަޝިޔާ ޓްޑޭ އިން މިއަދު ބުނީ އިނގިރޭސިވިލާތުގެ 370،000 ކުދިންގެ މެދުގައި ކުރި ސާވޭއަކުން ކޮންމެ ތިން ކުއްޖަކުން އެއްް ކުއްޖަަކީ ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ކުދީން ކަމަށް ދައްކާފައިވާ ކަމަށެވެ.
ދިރާސާ އިން އެނގުނު ގޮތުގައި ކުދިން ފަލަވާ ނިސްބަތް ހިފެހެއްޓިފައިވާ ކަމަށާއި ނަމަވެސް އަދި ވެސް އެކަން އޮތީ މެޑިކަލް އޮފިސަރުން ބޮލުރިއްސާވަރުގައި ކަމަށް ވެސް ދިރާސާ އިން ބުންޏެވެ.
އިނގިރޭސިވިލާތުގެ ކިންގް ކޮލެޖުން 20 އަހަރުގެ ތެރޭގައި ހެދި ސާވޭ އިން އެނގުނު ގޮތުގައި 1994 އިން 2003 ވަނަ އަހަރާ ހަމަ އަށް ކުދިން ފަލަވާ ވަރު ދިޔައީ މަތިވަމުންނެވެ. ނަމަވެސް އޭގެ ފަހުން އެ އަދަދު ހުރީ 30 ޕަސެންޓްގައި ހިފެހެއްޓިފައި ކަމަށް ވެސް އެ ދިރާސާ އިން އެނގުނެވެ.

އިނގިރޭސި ރައްޔިތުން ލޭބަލްވެފައި ވަނީ "ޔޫރަޕްގެ ފަލަ މީހުން"ގެ ގޮތުގަ އެވެ. އެއީ މުޅި ޔޫރަޕް ކޮންޓިނެންޓްގައި އެންމެ ފަލަވާ ނިސްބަތް މައްޗަށް ދަނީ އިނގިރޭސިވިލާތުގައި ކަމަށްވާތީ ކަމަށެވެ.
ރިސާޗު ޓީމުން ވަނީ އިނގިރޭސި 370،000 ކުއްޖަކު އެނަލައިޒުކޮށް ބަރުދަން ބަލައި އަދި އިސްކޮޅު ބަލައިފަ އެވެ.
ޝާއިއުކޮށްފައިވާ ލިއުންތަކުން އެނގޭ ގޮތުގައި އުމުރުން 11 އަހަރާއި 15 އަހަރުގެ ކުދީންގެ ތެރެއިން ފިރިހެން ކުދިންގެ ބަރުދަން މަތި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އެ އުމުރުފުރައިގެ ފިރިހެން ކުދީންގެ ތެރެއިން 37.8 ޕަސެންޓް ކުދީންގެ ބަރުދަން ހުންނަނީ މިނުން ކަޓައިފަ އެވެ. އަންހެންކުދިންގެ އެ ނިސްބަތް އުޅެނީ 36.7 ޕަސެންޓްގަ އެވެ.
އެންމެ ތުއްތު ކުދިންގެ ފަލަވުމުގެ ނިސްބަތް އުޅެނީ ނިސްބަތުން ދަށުގަ އެވެ. އެކަމަކު ދެ އަހަރާއި ފަސް އަހަރުގެ ކުދީންގެ ތެރެއިން 25 ޕަސެންޓް ކުދީންގެ ހުންނަނީ ލިމިޓް ކަޓައި ބަރުވެފަ އެވެ. އެ އުމުރު ފުރައިގެ އަންހެން ކުދީންގެ އެ ނިސްބަތް އުޅެނީ 23 ޕަސެންޓްގަ އެވެ.
އުމުރުން ހަ އަހަރާއި 10 އަހަރުގެ އަންހެން އަދި ފިރިހެން ކުދީންގެ ބަރުދަން އުޅެނީ ހުންނަންވާ ވަރަށް ވުރެ މަތީގަ އެވެ.
ތަޖުރިބާކާރުން ބުނަނީ ބަރުދަން ހުންނަންވާ ވަރަށް ވުރެ، މަތީގައި ހުންނަ ކުދީންނަށް ޑައިބެޓިކް ކުދީންނަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށާއި އަދި ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.